Chairman represents MIAC at AIADR AGM Seminar

އޭ.އައި.އޭ.ޑީ.އާރު އޭ.ޖީ.އެމް ސެމިނާގައި ޗެއަރމަން އެމް.އައި.އޭސީ ތަމްސީލު ކުރައްވައިފި

Mohamed Shahdy Anwar as the Chairman of MIAC, was a member on the panel of the Asian Institute of Alternative Dispute Resolution (AIADR) Annual General Meeting seminar on "Building the Ideal Arbitration Centre: Lessons Learned and Best Practices". The seminar was held in Kuala Lumpur, Malaysia on 16 June 2023. 

Shahdy was joined by the Director of the Asian International Arbitration Centre (AIAC) Datuk Sundra Rajoo, Secretary General of the International Commercial Dispute Prevention and Settlement Organization (ICDPASO) Dr Liu Chao and the Secretary General of the Jamaica International Arbitration Centre Limited (JAIAC) Dr Christopher Malcolm.  Attendees joined the seminar both online and in person. 

MIAC expresses their gratitude to AIADR for the invitation and congratulate on the success of the seminar. 

އެމް.އައި.އޭ.ސީ ގެ ޗެއަރމަން މުޙައްމަދު ޝަހުދީ އަންވަރު، އޭޝިއަން އިންސްޓިޓުޓް އޮފް އޮލްޓަނޭޓިވް ޑިސްޕިއުޓް ރެސޮލިއުޝަން (އޭ.އައި.އޭ.ޑީ.އާރު) ގެ އަހަރީ އާންމު ޖަލްސާގެ ސެމިނާ "ބިލްޑިންގ ދަ އައިޑިއަލް އާބިޓްރޭޝަން ސެންޓަރ: ލެސަންސް ލަރންޑް އެންޑް ބެސްޓް ޕްރެކްޓިސާސް" ގެ ޕެނަލްގެ މެންބަރެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންފިއެވެ. ސެމިނާ ބޭއްވިފައިވަނީ 16 ޖޫން 2023 ވަނަ ދުވަހު މެލޭޝިޔާގެ ކުއަލަ ލަމްޕޫރުގައެވެ.

ޝަހުދީ ގެ އިތުރުން އޭޝިއަން އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރ (އޭ.އައި.އޭ.ސީ) ގެ ޑައިރެކްޓަރ ޑަޓުކް ސުންދްރަ ރާޖޫ، އިންޓަރނޭޝަނަލް ކޮމަރޝަލް ޑިސްޕިއުޓް ޕްރިވެންޝަން އެންޑް ސެޓުލްމަންޓް އޯގަނައިޒޭޝަން (އައި.ސީ.ޑީ.ޕީ.އޭ.އެސް.އޯ) ގެ ސެކްރެކްޓަރީ ޖެނެރަލް ޑރ. ލިއު ޗާއޯ އާއި ޖެމެއިކާ އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރ (ޖޭ.އޭ.އައި.އޭ.ސީ) ގެ ސެކްރެކްޓަރީ ޖެނެރަލް ޑރ. ކްރިސްޓަފަރ މެލްކަމް މި ޕެނެލްގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އޭ.އައި.އޭ.ޑީ.އާރު ގެ ފަރާތުން ދެއްވި ދައުވަތަށް އެމް.އައި.އޭ.ސީ ގެ ފަރާތުން ޝުކުރު އަދާކޮށް، ސެމިނާގެ ކާމިޔާބީއަށް މަރުހަބާ ދަންނަވަމެވެ.